ހާބަރުގައި ހުރި އެސްޓީއޯގެ ފުޑް ކޯޓުތަކުގެ ތެރެއިން ބައެއް ޔުނިޓުތައް ކުއްޔަށް ދިނުމަށް އިއުލާނުކޮށްފިއެވެ.
އެސްޓީއޯއިން ބުނީ، ކުއްޔަށް ދިނުމަށް ހުޅުވާލީ 13 ޔުނިޓެއް ކަމަށެވެ. އެގޮތުން އެ ޔުނިޓުތައް ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އެ ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ކުއްޔަށް ދޫކުރާ ޔުނިޓުތައް ބެލުމުގެ ފުރުސަތު މިމަހުގެ ހަތްވަނަ ދުވަހުން ދިހަވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރުފަހު 2:00 އިން 3:00 އަށް ކުރިއަށް ގެންދާނެއެވެ.
- ޔުނިޓު 2، އަމީނީ މަގު، ބްލޮކް 1
- ޔުނިޓު 4، އަމީނީ މަގު، ބްލޮކް 1
- ޔުނިޓު 5، އަމީނީ މަގު، ބްލޮކް 1
- ޔުނިޓު 9 އަމީނީ މަގު، ބްލޮކް 2
- ޔުނިޓު 14، އަމީނީ މަގު، ބްލޮކް 2
- ޔުނިޓު 15، އިއްޒުއްދީން މަގު، ބްލޮކް 3
- ޔުނިޓު 16، އިއްޒުއްދީން މަގު، ބްލޮކް 3
- ޔުނިޓު 17، އިއްޒުއްދީން މަގު، ބްލޮކް 3
- ޔުނިޓު 18، އިއްޒުއްދީން މަގު، ބްލޮކް 3
- ޔުނިޓު 20، އިއްޒުއްދީން މަގު، ބްލޮކް 4
- ޔުނިޓު 23، އިއްޒުއްދީން މަގު، ބްލޮކް 4
- ޔުނިޓު 24، އިއްޒުއްދީން މަގު، ބްލޮކް 4
- ޔުނިޓު 26، އިއްޒުންދީން މަގު، ބްލޮކް 4
އެސްޓީއޯއިން ކުއްޔަށް ދިނުމަށް އިއުލާނުކޮށްފައިވަނީ 960 ސްކޮޔާ ފޫޓާއި، 1660 ސްކޮޔާ ފޫޓާއި، 1260 ސްކޮޔާ ފޫޓުގެ ޔުނިޓުތަކެވެ. އެ ޔުނިޓުތައް ކުއްޔަށް ދޫކުރަނީ އަކަ ފޫޓަކަށް 39 ރުފިޔާގެ ރޭޓުންނެވެ. އެސްޓީއޯއިން ބުނީ ކުއްޔަށް ދޫކުރަން ހުޅުވާލި ޔުނިޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭނެ ކަމަށެވެ.
އެސްޓީއޯއިން 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހާބަރުގައި ވަނީ އެކި ސައިޒުގެ 30 އަށްވުރެ ގިނަ ޔުނިޓު ހަދައިފައެވެ.
ކޮވިޑް 19އާ ގުޅިގެން އިގުތިސޯދަށް އައި ހީނަރުކަމާއެކު އެތަންތަނުގެ ކުލި އެސްޓީއޯއިން މީގެ ކުރިން ތިން މަސް ދުވަހަށް ފަސް ކޮށްދީފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު