އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

އަދާލަތު ޕާޓީން ބުނީ އެ ޕާޓީގެ ދުސްތޫރުގެ ދަށުން ތިން ވަނަ ދައުރެއް ހޮވުމަށް އެތެރޭގެ އިންތިހާބު ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ޕާޓީގެ ތިން ވަނަ ދައުރުގެ ރައީސް ކަމާއި ނައިބު ރައީސް ހޮވުމަށްޓަކައި މިމަހުގެ 23 ވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމާފައިވާ ކަމަށެވެ.

އެހެން ކަމުން އެ މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ފޯމާއި ކުށުގެ ރެކޯޑު ފޯމް މިމަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެ ޕާޓިން ވަނީ އެދިފަ އެވެ.

އަދާލަތު ޕާޓީއަކީ ވެރިކަން ކިރާ ކޯލިޝަންގައި ހިމެނޭ އެއް ޕާޓްނަރެވެ. މި ވަގުތު ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ޝެއިހް އިމްރާން އަބްދުﷲ އަކީ އަދާލަތު ޕާޓީގެ މިހާރުގެ ރައީސް އެވެ.