އެމްޓީސީސީގެ މުޅި ތާރީހުގައި ވެސް އެންމެ ގިނަ ޕްރޮޖެކްޓްސް ނިންމާފައިވަނީ މިދިޔަ އަހަރު ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި އާޒިމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޓީސީސީގެ 40 އަހަރުވީ ދިގު ތާރީހުގައި މިދިޔަ އަހަރަކީ އެކުންފުނިން އެންމެ ގިނަ ޕްރޮޖެކްޓްސްތައް ނިންމި އަހަރު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އެކުންފުނިން ވަނީ 34 ޕްރޮޖެކްޓްގެ މަސައްކަތް ނިންމައިފައެވެ.
މިދިޔަ އަހަރު އެމްޓީސީސީން ނިންމި ބައެއް ޕްރޮޖެކްޓްސް ތެރޭގައި ބަނދަރު ހެދުމުގެ 10 ޕްރޮޖެކްޓާއި ބިން ހިއްކުމުގެ ހަތަރު ޕްރޮޖެކްޓަކާއި ނުވަ ރަށެއްގެ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުންވެސް އިމާރާތްތައް ޑިޒައިން އަދި ކޮންސްޓްރަކްޝަންގެ ގިނަ ޕްރޮކެޓްތަކެއްވެސް މިދިޔަ އަހަރު އެންޓީސީސީން ވަނީ ނިންމައިފައެވެ.
އެމްޓީސީސީން އެންމެ ގިނަ ޕްރޮޖެކްޓްސް މިދިޔަ އަހަރު ނިންމާފައިވާއިރު، އެކުންފުނީގެ ތާރީހުގައި އެންމެ ބޮޑު ފައިދާއެއްވެސް ލިބިފައިވަނީ މިދިޔަ އަހަރުއެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހު ޓެކުހަށް ނުކަނޑައި ފައިދާގެ ގޮތުގައި 140 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އަހަރު ނިމޭ އިރު ފައިދާ 200 މިލިއަން އަށް އަރާނެ ކަމަށް ސީއީއޯ އާޒިމް ވަނީ ވިދާޅުވެފަ އެވެ.
އާންމު ހިއްސާދާރުންނާއި ސަރުކާރު ބައިވެރިވެގެން އެމްޓީސީސީ އުފެއްދީ 18 ޑިސެމްބަރު 1980 ވަނަ އަހަރުއެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ