ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު، އާ އަހަރުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.

އާ އަހަރުގެ ތަހުނިޔާ ފޮނުއްވައި ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2020 ވަަނަ އަހަރަކީ ގިނަ ގޮންޖެހުންތައް ކުރިމަތިވި އަހަރެއް ނަމަވެސް އެ ގޮންޖެހުންތަކާއެކު ދިވެހިންގެ އެއްބައިވަންތަކަމާއި އަހުވަންތަކަން 2020ގައި ފެނިގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އުންމީދަކީ އާ އަހަރުގައި ވެސް ދިވެހިންނަކީ އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބުން ކަމަށް ވިދާޅުވި އެވެ.

ދެހާސްވިހި ވަނަ އަހަރުގެ ބޮޑު ބައެއް ދިވެހިން އުޅެން ޖެހުނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައެވެ. ކޮވިޑްގެ ސަބަބުން އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ގައުމަށް ކުރިމަތިވިއެވެ. ގިނަ ބަޔަކު 2020 ވަނަ އަހަރު ސިފަކުރަނީ ފަޅު އަހަރެއްގެ ގޮތުގައެވެ.