ބޮޑުތަކުރުފާނު މަގުގައި ހުރި ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގެ މަރާމާތުތަކަށް ފަހު އެ އިމާރާތުގެ ތަޅުދަނޑި ޗައިނާއިން ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.
ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގެ މަރާމާތުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މަރާމާތަށް އެ މިނިސްޓްރީ ހިންގި އިމާރާތް ބަންދުކުރުމުން ވަގުތީ ގޮތުން ފޮރިން މިނިސްޓްރީ ހިންގަމުން އައީ، ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޓީސީސީ ސޯމިލް ރިލޮކޭޝަން ބިލްޑިން (ހުޅުމާލޭ ފެރީ ޓާމިނަލް ގެ އިރުމަތީ ފަރާތުގައި ހުރި އިމާރާތް) ގައެވެ.
ފޮރިން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، މަރާމާތަށް ފަހު ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގެ ތަޅުދަނޑު ޗައިނާއިން ދިވެހި ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީ ހިންގި އިމާރާތަކީ ޗައިނާގެ ހިލޭ އެހީގެ ދަށުން ހަދާފައިވާ އިމާރާތެކެވެ. ޗައިނާއިން ބުނީ އެ އިމާރާތަކީ ޗައިނާއާއި ރާއްޖޭގެ ޒަމާންވީ އެކުވެރިކަމުގެ ރަމްޒެއް ކަމަށެވެ.
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ