ރާއްޖެއާއި އެންގޯލާއިން ރަސްމީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތައް ސޮއިކޮށްފައިވަނީ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ އެންމެ މަތީ ފަންތީގެ ހަފުތާގެ ހަވާސާގެ ތެރެއިންނެވެ.
މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ. އެންގޯލާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްޓާނަލް އެފެއާޒް މިނިސްޓަރު ޓެޓޭ އެންޓޯނިއާއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ މަޝްވަރާތައް ކުރުމާ ބެހޭ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ހާރިޖީ ވުޒާރާއިން ގުޅިގެން ރަސްމީ މަޝްވަރާތައް ބޭއްވުމަށާއި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓާއި އެންގޯލާގެ ޑިޕްލޮމެޓިކް އެކެޑަމީއާ ދެމެދު ވެވުނު އެއްބަސްވުމުގެ ސަބަބުން ޕްރޮފެޝަނަލް ތަމްރީނުދިނުމާއި ޑިޕްލޮމެޓިކް ހުނަރު ތަރައްގީކުރުމުގައި ދެ ފަރާތަށް ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށް ބުންޏެވެ.
ރާއްޖެއާއި އެންގޯލާއިން ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 2020 އަހަރުގެ ނޮވެމްބަރު މަހުގެ ދިހަވަނަ ދުވަހުއެވެ.
އަލީ ޔާމިން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ކޮމެންޓް