ރާއްޖެއާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އެމެރިކާގެ ނިއުޔޯކުގައި އިއްޔެގެ ވަގުތެއްގައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ. ކެންޔާގެ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުގެ ޕްރައިމް ކެބިނެޓް ސެކްރެޓަރީ އަދި ކެބިނެޓް ސެކްރެޓަރީ ފޯ ފޯރިން އެންޑް ޑަޔަސްޕޯރާ އެފެއާސް ޑރ. މުސާލިއާ މުޑަވަޑީއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ފޮރިން މިނިސްޓްރީން ގަވައިދުން މަޝްވަރާތައް ބާއްވައި، ދެ ގައުމަށްވެސް މުހިންމު ވާ ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެއާއި ކެންޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1995 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
އަލީ ޔާމިން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ކޮމެންޓް