މޯލްޑިވް ގޭސް

މޯލްޑިވް ގޭހަށް ތާރީހީ ރެކޯޑު ފައިދާއެއް

އަލީ ޔާމިން

މޯލްޑިވް ގޭހަށް 2020ގައި ރެކޯޑް އަދަދަކަށް ފައިދާ ވެއްޖެއެވެ.

މޯލްޑިވް ގޭހުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް ވިދާޅުވީ، ރިސޯޓް ސެކްޓާގެ އިތުރުން ކެފޭ ރެސްޓޯރެންޓު ސެކްޓާގެ ވިކުރާ ދަށްވެ، ކުންފުނީގެ ޖުމްލަ ސޭލްސް ރެވެނިއު އިން 40 މިލިއަން ރުފިޔާގެ ދަށްވުމެއް އައި ކަމުގައިވިޔަސް ގޭސް ޝިޕްމަންޓްތަކުގައި ފްރެއިޓް އަދި ޕްރިމިއަމް އަށް ގެނެވުނު ބޮޑު ފަރަގުން ކުންފުނިން ގޭސް ގަތުމުގެ އަގު ބޮޑުތަނުން ހެޔޮކުރެވުނު ކަމަށެވެ.

މީގެ އިތުރުން ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހަރަދުކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކުންފުނި ހިންގުމުގެ ހަރަދުން އެތައް މިލިިއަން ރުފިޔާއެއް ސަލާމަތްކުރެވި، އޮޕަރޭޓިން ޕްރޮފިޓް ނުވަތަ ހިންގުމުގެ ފައިދާ ބޮޑުތަނުން އިތުރުކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ.

އިކްރާމް ވިދާޅިވީ، މިއަހަރު ނިމޭއިރު މޯލްޑިވް ގޭހުގެ ފައިދާ 50 މިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށެވެ. މި އަދަދަކީ އެ ކުންފުނީގެ ތާރީހުގައިވެސް އައު ރެކޯޑެކެވެ.

މޯލްޑިވް ގޭހުން ވަނީ ކޮވިޑްގެ އެންމެ ނުރައްކާ އަދި އުނދަގޫ ދުވަސްވަރުވެސް ކައްކާ ގޭހާއި މެޑިކަލް ގޭހާއި އޮކްސިޖަން މެދުކެނޑުމެއްނެތި މާކެޓް ޑިމާންޑާއި އެއްވަރަށް ފޯރުކޮށްދީފައެވެ. އަދި ވަޒީފާތަކަށް ދިވެހިންނަށް އިސްކަންދީ، މުވައްޒަފުންނަށް މެދުކެނޑުމެއްނެތި އަދި ލަސްވުމެއްނެތި މުސާރައާއި އިނާޔަތްތައް ބަރާބަރަށް ފޯރުކޮށްދީފައެވެ.