ކައްކާ ގޭހުގެ އިތުރު ޝިޕްމެންޓެއް ރާއްޖެ އައިސްފައިވާތީ މޯލްޑިވް ގޭސްއިން، 10 ކިލޯގެ ގޭސްފުޅި އަނެއްކާވެސް ވިއްކަން ފަށައިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ބުނެފިއެވެ.
އެސްޓީއޯއިން މިއަދު ބުނީ ގޭސް ލިބުމުގައި ދިމާތި ދަތިތައް މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ.
އިޒްރޭލާއި، އެމެރިކާއިން އިސްވެ އީރާނަށް ދިން ވައިގެ ހަމަލާއާ ގުޅިގެން މިހާރު އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން، ރާއްޖެއަށް ކައްކާ ގޭސް ލިބުމުގައި ދަތިތަކެއް ދިމާވިއެވެ. އެހެންވެ މޯލްޑިވް ގޭސްއިން ވަނީ 10 ކިލޯގެ ގޭސްފުޅި ވިއްކުން ވަގުތީ ގޮތުން ހުއްޓާލައި، ފަސް ކިލޯގެ ގޭސްފުޅި ވިއްކަން ފަށައިފައެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ގޭހުގެ އާ ޝިޕްމެންޓް ލިބިފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. ކައްކާ ގޭހުގެ ޑިމާންޑު އުފުލުމާ ގުޅިގެން މި މަހު ކުރީކޮޅުން ފެށިގެން 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ވިއްކަމުން އައީ ފަސް ކިލޯއެވެ. އެސްޓީއޯއިން މިދިޔަ މަހު ވަނީ 10 ކިލޯގެ ގޭސްފުޅީގެ ބަދަލުގައި ޑިސްކައުންޓު ރޭޓުތަކަކާ އެކު، ހަތް ކިލޯގެ ގޭސްފުޅި ވިއްކައިފައެވެ.
ނަމަވެސް މިދިޔަ ރޯދަމަހާ ދިމާކޮށް އާ ޝިޕްމެންޓެއް ގެނެސް ކުރީގައި ވިއްކަމުން އައި ގޮތަށް 10 ކިލޯގެ ގޭސް ފުޅި އަލުން ވިއްކަން ފެށިއެވެ.
މުހައްމަދު އިޝާން
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ