ގޭހުގެ އާ ޝިމްޕެންޓެއް އިއްޔެ ރާއްޖެއަށް ގެނެސްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ގޭހުގެ އާ ޝިޕްމަންޓެއް ލިބިފައިވާ ކަމަށް ރޭގެ ވަގުތެއްގައި އެސްޓީއޯއިން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެސްޓީއޯގެ މީޑިއާ އޮފިސަރަކު ވިދާޅުވީ، ގޭސް ޝިޕްމަންޓު ލިބުނީ އިއްޔެ ކަމަށެވެ.

އޮފިޝަލު ވިދާޅުވީ އެ ކުންފުނިން އަންނަނީ ރައްޔިތުންނަށް ބޭނުންވާނެ އެއްވެސް އަސާސީ ހިދުމަތެއް ހުއްޓުމަކަށް ނައިސް ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުން ކަމަށެވެ. އަދި އެކަމުގައި ހާއްސަ އިސްކަމެއްދީގެން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ގޭސް ލިބުމުގައި ދަތިތަކެއް ދުނިޔޭގެ ބާޒާރާއި ސަރަހައްދީ ބާޒާރުގައި ވަނީ ދިމާވެފައެވެެ. އެގޮތުން މީގެ ކުރިން މޯލްޑިވް ގޭހުން ގޭސް ވިއްކުން ލިމިޓްވެސް ކުރިއެވެ. ނަމަވެސް މިހާރު ވަނީ ކުރިއެކޭވެސް އެއްގޮތަށް ގޭސް ވިއްކަން ފަށާފައެވެ.