ލ. މާވަށު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ.
އެ މަސައްކަތް ކުރިއަށްގެންދިޔަ އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަސައްކަތް ނިންމާލީ އިއްޔެ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން، 26،885 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 568 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 55 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ކޮށްފައެވެ.
ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ މަޝްރޫއަކީ 27.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ 9 އޮކްޓޯބަރު 2019 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު