އޮކްސްފޯޑްގެ ކޮވިޑް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ޔޫކޭ އިން ދީފިއެވެ.
ކޮވިޑާ ދެކޮޅަށް އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި ވެކްސިން "އެސްޓަރާޒެނެކާ" ބޭނުންކުރުމުގެ ހުއްދަދީ ޔޫކޭގައި އަންނަ ހޯމަ ދުވަހު ވެކްސިން ބޭނުންކުރުމަށް ފަށަން އެގައުމުން ވަނީ ނިންމައިފައެވެ.
ޔޫކޭ އިން ވަނީ އޮކްސްފޯޑް ވެކްސިންގެ 100 މިލިއަން ޑޯޒް ހޯދުމަށް އޯޑަރުކޮށްފައެވެ. އެއީ އެގައުމުގެ 50 މިލިއަން މީހުންނަށް ވެކްސިން ދެވޭ ވަރުގެ އަދަދެކެވެ.
ޔޫކޭއިން ކޮވިޑްގެ އާ ސްޓްރެއިން ފެނުމާއެކު އެގައުމުން އަލާފައިވާ ގިނަ ފިޔަވަޅުތަކެއް ހަރުކަށިކޮށް އިތުރު ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.
އެގައުމުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ބަލި ޖެހުނު މީހުންގެ އަދަދު ބައިލައްކައަށް އަރާފައިވާ އިރު، ވެކްސިން ލިބުމާއެކު އަދަދު މަދުކުރުމަށް އެހީތެރިވެދޭނެ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ