ޔޫކޭގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ޔޫކޭއިން ވަނީ 53،135 ކޮވިޑް ކޭސް ފެނިފައެވެ. މިއީ މިހާތަނަށް ބަލިމަޑުކަން ފެށުނުފަހުން އެގައުމުން އެއްދުވަސްތެރޭ އެންމެ ގިނަ ކޭސްފެނުނު ފަހަރުކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ޔޫކޭއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 414 މީހުން ބަލީގައި މަރުވެފައިވާކަމަށްވެސް ރެކޯޑްތަކުން ދައްކައެވެ.
ކޮވިޑްގެ އާ ވޭރިއަންޓެއް ޔޫކޭ އިން ފެނުމާއެކު އެގައުމުން ވަނީ ޓެސްޓު ކުރާ ނިސްބަތް ބޮޑުތަނުން އިތުރުކޮށްފައެވެ. އަދި އަޅާފައިވާ ގިނަފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އިތުރު ފިޔަވަޅުތަކެއްވެސް އަޅާފައެވެ.
ކޮވިޑްގެ އާ ވޭރިއަންޓުގެ ނުރައްކާ ބޮޑު ނޫންކަމުގައި ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ. ނަމަވެސް ޔުކޭ އިން ފެނިފައިވާ އާ ވޭރިއަންޓްގެ ސަބަބުން ބަލި ފެތުރުން އަވަސްކަމަށް ޑަބްލިއުއެޗްއޯގެ ސައިންސްވެރިން ވަނީ ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ