މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ)ގެ އާ އިމާރާތަށް ބޭނުންވާ ސިވިލް، ފިނިޝިން މެޓީރިއަލްސް އަދި ކޯނޭލިފްޓް ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާނެވެ. ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް ހަނީފެވެ.
އެސްޓީއޯއިން ބުނީ މި އެއްބަސްވުމުގެ ދަށުން ސަޕްލައި ކުރުމަށް ހަމަޖައްސާފައިވަނީ އިމާރާތް ނިންމުމަށް ބޭނުންވާ ސާމާނު ކަމަށެވެ.
މި އިމާރާތަކީ ފުލުހުންގެ އެފްސީޕީޑީ ހިންގުމަށް ބޭނުންކުރެވޭ އިމާރާތަކަށްވާތީ އިމާރާތް އަވަހަށް ނިންމުމަށް އެސްޓީއޯއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު