ހާއްސަ އިނާމު 20 ބޭފުޅަކަށް އަދި ކީރިތި ގުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވި ހަތަރު ހާފިޒުންނަށް ހާއްސަ މެޑެލް ދެއްވައިފިއެވެ.
ހާއްސަ އިނާމާއި އެއްވަނަ ދަރަޖައިގައި ފާސްވި ހަތަރު ހާފިޒުންނަށް މެޑެލް ދެއްވާފައިވަނީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައެވެ. އެފަރާތްތަކަށް އިނާމުދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ހާއްސަ އިނާމު މިއަހަރު ހާސިލުކުރެއްވީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި އަދި ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ ހަ ބޭފުޅެކެވެ.
ކީރިތި ގުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖަ ހާސިލުކުރާ ހާފިޒުންނަށް، ރައީސް ސޯލިހު ވަނީ މިއަހަރުން ފެށިގެން ހާއްސަ މެޑެލެއް ދޭގޮތަށް ނިންމަވައިފައެވެ. އެގޮތުން މިރޭގެ ޖަލްސާގައި ހަތަރު ހާފިޒަކަށް ވަނީ ހާއްސަ މެޑެލް ދެއްވައިފައެވެ.
- ޑރ. ނައުޝާދު މުހައްމަދު، މއ. އަމީނީވިލާ
- މަރްޔަމް އަނާ ހަސަން، މއ. ހުދުއާނު
- އަލީ ސުޒޭނު، ކުދިމާގެ، ހއ. އިހަވަންދޫ
- މުންޝިދާ އިބްރާހީމް، ގ. އޮނުހިރި
- އުޒްމާ އަބްދުއްލަތީފް، މ. ކޮކާވިލާ
- އަހުމަދު ފިޟާލް، ވެނީލާގެ، ރ. އަލިފުށި
- މަރްޔަމް ނަޒާހާ، މ. ލުނާވަ
- މަރްޔަމް މޫނިސާ ހުސައިން، ކަރަންކާވިލާ، ސ. ފޭދޫ
- އާމިނަތު ރަޝްފާ، ދިލާސާގެ، އއ. ފެރިދޫ
- އާމިނަތު އީމާން އަބްދުލްގަފޫރު، މއ. ރޯޒް 1
- ފާތިމަތު މިޒުނާ، ކަނީރުހިޔާ، ރ. ރަސްގެތީމު
- އައިޝަތު ލަމްހާ ހުސައިން ރަމީޒު، ވާދީ، ނ. ކުޑަފަރި
- ހަސަން ސާމިލު، ތަރި، ޅ. ކުރެންދޫ
- އަމާނީ އަޓިއެނޯ އޮންޔަންގޯ، ގ. ކިސޫމޫ
- ސިފުނާ އިބްރާހީމް، ފެހިވާދީ، މ. މުލައް
- މިޝްކާ އަފްރާޙް ހަސަން ، ހ. އަރުމްލިލީ
- ހުސައިން ޒަޔާން ޝަހީދު ޒަކީ، މ. ނޫރާނީގެ
- ފާތިމަތު ނަބާހާ އަބްދުއްރައްޒާގު، ދަފްތަރު ނަންބަރު ރސ 4843
- އާމިނަތު ނަބީހާ އަބްދުއްރައްޒާގު، ދަފްތަރު ނަންބަރު ރސ 4844
- ސްޓާފް ސާޖަންޓް ހަސަން ސާއިދު، ނިޔަމި، ކ. ގާފަރު
މިރޭގެ ޖަލްސާގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ކުރީގެ ރައީސް ބަދުރުއް ނަސީރާއި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލަށް ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ވަނީ އަރުވައިފައެވެ.
މިރޭގެ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު 14 ބޭފުޅަކަށްވެސް ވަނީ ދެއްވައިފައެވެ. އޭގެ ތެރެއިން ހަ ބޭފުޅުންނަކީ މީގެ ކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. މީގެ އިތުރުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު މިއަހަރު 24 ބޭފުޅަކަށް ވަނީ ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު