މިއަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް އަދި ހިތްވަރުދިނުމުގެ ގައުމީ އިނާމު 24 ބޭފުޅަކަށް ދެއްވައިފިއެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމު ދެއްވާފައިވަނީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައެވެ. އެފަރާތްތަކަށް އިނާމުދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
މިރޭ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 14 ބޭފުޅުންގެ ތެރެއިން ހަ ބޭފުޅުންނަކީ މީގެ ކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.
- ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބުނު ފަރާތްތައް:
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުހައްމަދު ރަޝީދު (ކޮޕީ ރަޝީދު)، މއ. ކޮޕީގެ
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު، މާޒީ، ލ. މާވަށް
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: މުހައްމަދު ވަހީދުގެ ހަނދާނަށް
- ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން: އިބްރާހީމް ވަހީދު، ގ. ކަލާވެހި
- ސިއްހީ ދާއިރާއިން: ނާއިލާ އިބްރާހީމް މުހައްމަދުދީދީ، ގ. ފެއިތު
- މަސްވެރިކަމުގެ ދާއިރާއިން: އަދުނާން އަލީ، ގ. އާސަމް
- ފަތުރުވެރިކަމުގެ ދާއިރާއިން: އަހުމަދު ސަލީމް، ހ. ގަދަމޫ
- ދަނޑުވެރިކަމުގެ ދާއިރާއިން: މުހައްމަދު ވަހީދު، އައްސޭރި، ށ. މަރޮށި
- އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން: މަރްޔަމް ވަހީދާ، ހ. ދުނި
- ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން: މުއުމިނާ އިބްރާހީމް، ހ. ނޫމާގެ
- ކުޅިވަރުގެ ދާއިރާއިން: މުހައްމަދު ސައީދު، ކުދިމާ، ގދ. ތިނަދޫ
- ކުޅިވަރުގެ ދާއިރާއިން: ހުސައިން ރަޝީދު ހަސަން، ގ. ހުދުރުވާގެ
- ކުޅިވަރުގެ ދާއިރާއިން: އަހުމަދު ލަތީފް، ހ. ސީވީޑް
- ވިޒުއަލް އާޓްސްގެ ދާއިރާއިން: މުހައްމަދު މަނިކު، ހ. ވަވޮއި
- ގުރްއާން އުނގަންނައިދިނުމުގެ ރޮނގުން: މައުސޫމް ސަލީމް، ޝަބްނަމްގެ، ކ. ކާށިދޫ
- ގުރުއާން އުނގަންނައިދިނުމުގެ ރޮނގުން: ޝަރަފުއްދީން އަލީ، ފަލާހީ، ރ. އަލިފުށި
- ގުރުއާން އުނގަންނައިދިނުމުގެ ރޮނގުން: އަބްދުﷲ އިމާދު، ގ. ޒަމާނީޤުލްޝަން
- ދީނީ ރޮނގުން ހިދުމަތްކުރުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން: ޑރ. ސައުދުﷲ އަލީ، އެއްގަމުގެ، ބ. ކެންދޫ
- ދިވެހިބަހާއި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން: އަޝްރަފް އަބްދުއްރަޙީމް، ރޭނިގެ، ނ. ކުޑަފަރި
- ގައުމީ ތަރިކަ ރައްކާތެރިކުރުމުގެ ރޮނގުން: މުހައްމަދު ތޯރިގު، ރަތްވިލާގެ، ނ. މަނަދޫ
- އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ރޮނގުން: ހަސަން މުހައްމަދު، މއ. މާވަރު
- އާންމު ސިއްހަތު ކުރިއެރުވުމާއި ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން: ޑރ. ޖުމޭލާ ބޭގަމް، ގ. ނިލަންދޫ
- ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ރޮނގުން: މުހައްމަދު ސޯލިޙް، ކުއްޅަވައްގެ، ސ. ހުޅުދޫ
- ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ރޮނގުން: މުހައްމަދު ޝާފިއު، މ. ޕޯލްސްޓާރ
- ޒުވާނުންގެ ތަރައްގީއަށާއި ޒުވާނުން ބިނާކުރުމަށާއި ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން: މައީދު މުހައްމަދު ޒާހިރު، މއ. ކިނާރާހައުސް
- ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން: ސައުދުﷲ ހިލްމީ، ފަތިސް، ގދ. ތިނަދޫ
- ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން: މުހައްމަދު މާޒިން، ވ. ނޯޗާންސް
- ފެހުމާއި ޖަރީކުރުމުގެ ރޮނގުން: ހަސަން ހުސައިންފުޅު، އައިރިސްގެ، ރ. ކަނދޮޅުދޫ
- މީހުން ބިނާކުރުމާއި މަސައްކަތް ކުރިއެރުވުމުގެ ރޮނގުން: ޝީޒާ އިމާދު، މ. ވޭލްޝާރކް
- ނޫސްވެރިކަން ކުރިއެރުވުމާއި މައުލޫމާތު ފެތުރުމުގެ ރޮނގުން: އަލީ ސަމްއާން، ފެހިވިލާގެ، ހއ. ކެލާ
- މޫދު ކުޅިވަރު އާލާކޮށް ތަރައްގީ ކުރުމުގެ ރޮނގުން: އަލީ ހުޝްރުވާން އަހުމަދު، ހ. މާކަރީހައުސް
- މޫދު ކުޅިވަރު އާލާކޮށް ތަރައްގީ ކުރުމުގެ ރޮނގުން: އަބްދުﷲ އަރީފް، ނެދުންގެ، ރ. ރަސްމާދޫ
- މޫދު ކުޅިވަރު އާލާކޮށް ތަރައްގީ ކުރުމުގެ ރޮނގުން: އިބްރާހީމް ހުސައިން، ގ. އޮއިވާލި
- ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ރޮނގުން: ޝުޖާއު ސަލީމް، ހ. ރުމޭނިޔާ
- ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ރޮނގުން: ޔޫސުފް އަތީމް، ހ. ފެއަރީޕެލަސް
- ފޮޓޯގްރަފީގެ ރޮނގުން: އަލީ ނިޝާން، ގ. ކޫލްގްރާސް
- ފައިން އާޓްސް (ލިޔުމާއި ކުރެހުމާއި ފަރުމާކުރުން)ގެ ރޮނގުން: ހުސައިން އިހްފާލް އަހުމަދު، ހ. ފްލޭޝް
- ހިލޭސާބަހަށް މަސައްކަތް ކުރުމާއި މަސައްކަތް ކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން: އަލީ ރަޝީދު، ކުންނާރުގެ، ދ. ރިނބުދޫ
މިރޭގެ ޖަލްސާގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ކުރީގެ ރައީސް ބަދުރުއް ނަސީރާއި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލަށް ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ވަނީ އަރުވައިފައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމުވެސް މިރޭގެ ޖަލްސާގައި ވަނީ ދެއްވައިފައެވެ. އެގޮތުން އެ އިނާމު މިއަހަރު ހާސިލުކުރެއްވީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި އަދި ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ ހަ ބޭފުޅެކެވެ.
މީގެ އިތުރުން ކީރިތި ގުރުއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ހަތަރު ހާފިޒުންނަށް ރައީސް ދެއްވާ ހާއްސަ މެޑަލް ވެސް މިރޭގެ ޖަލްސާގައި ވަނީ ދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު