ކޮވިޑްގެ އާ ވޭރިއަންޓް ޖަޕާނުން ފެނިއްޖެއެވެ.
ޔޫކޭއިން ފެންނަން ފެށި ކޮވިޑުގެ އާ ވައްތަރު ޖަޕާނުން ފެނިފައިވަނީ ޔޫކޭއިން އެގައުމަށް ދަތުރުކުރި ފަސް މީހެއްގެ ގައިންނެވެ.
ޖަޕާނުން އާ ވޭރިއަންޓް ފެނުމާއެކު މިހާރު ވަނީ އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެގޮތުން ޔޫކޭ އިން އަންނަ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބެލުމުގެ އިތުރުން އެއާޕޯޓުގައި ކަރަންޓީނު ކުރުން އިތުރަށް ހަރުކަށިކުރުމަށް ވަނީ ނިންމައިފައެވެ.
ޔޫކޭއިން ޖަޕާނަށް މީހުން އައުން މަނާ ކޮށްފައިވީ ނަމަވެސް ޔޫކޭގައި ތިބި ޖަޕާނު މީހުން އަނބުރާ އަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
ޖަޕާނުގައި އާ އަހަރު ފާހަގަކުރުމަށް އާއިލީ ބައްދަލުވުންތަކާއި އެއްވުންތައް މިއަހަރު ނުބޭއްވުމަށް އެގައުމުގެ ބޮޑުވަޒީރު ނޮރިހިސާ ޓަމުރާ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ޖަޕާނުން މިހާތަނަށް ކޮވިޑް ޖެހިފައިވާ ދެ ލައްކައަށްވުރެ ގިނަ މީހުން ފެނިފައިވާ އިރު، އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 3،000 އާ ގާތްކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ