ރިސޯޓް ހަދަން ހަތަރު ރަށެއް ދޫކުރަން ޓޫރިޒަމް މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި، ރިސޯޓް ހަދަން ހަތަރު އަތޮޅަކުން ޖުމްލަ ހަތަރު ރަށް ދޫކުރަން ނިންމައި، އެ ރަށްތަކުގެ މައުލޫމާތު އަންނަ ހޯމަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ.

ސަރުކާރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ރިސޯޓް ހަދަން 29 ރަށެއް ދޫކުރަން ނިންމައި، އެ ރަށްތައް އިއުލާންކޮށްފަ އެވެ.

ރިސޯޓް ހަދަން ހަތަރު ރަށެއް ދޫކުރަން ނިންމާފައިވާއިރު ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެންމެ އަވަހަށް ރިސޯޓް ހަދަން ދޫކުރާ ރަށްތަކުގެ ތެރޭގައި ހއ. އަލިދުއްފަރާއި މެދަފުށި ހިމެނޭނެ ކަމަށެވެ.

އޭގެ އިތުރުން ހއ، ހދ، ށ އަދި ނ. އަތޮޅުގެ ބައެއް ރަށްތައް އަންނަ އަހަރުގެ ކުރީކޮޅު ފަތުރުވެރިކަން ތަރައްގީކުރަން ބީލަމަށް ހުޅުވާލެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.