ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި މަގުބައްތިތައް ބަދަލުކޮށް، އާ މަގުބައްތި ހަރުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ހުޅުމާލޭގެ މަގުތައް އަލިކޮށް މަގުބައްތި ޖެހުމަށް އެކުލަވާލައިފައިވާ ސްޓްރީޓް ލައިޓް މާސްޓާ ޕްލޭންގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި މަގުބައްތިތައް ބަަދަލުކޮށް އާ މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަގުތަކުގައި އިންދާފައިހުރި ބައެއް ގަސްތައް ކަނޑާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު