ލިވަޕޫލްގެ މިސްރު ތަރި މުހައްމަދު ސަލާހް ކުލަބުގައި ހުރީ ހިތްހަމަ ނުޖެހިފައި ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކައް ކޯޗު ޔާގަން ކްލޮޕް ރައްދު ދީފިއެވެ.
ލިވަޕޫލްގެ ތަރި ސަލާހު ޓްރާންސްފާއަކަށް ވިސްނާ މޭރުމުން ވާހަކަ ދައްކާފައިވަނީ އޭއެސް ނޫހަށް ދިން އިންޓަވިއުއެއްގައެވެ. އޭނާ ބުނެފައިވަނީ ބާސެލޯނާ އާއި ރެއާލް ފަދަ ކުލަބަކުން ޝައުގުވެރިކަން ފާޅުކޮށްފިނަމަ ނޫނެކޭ ބުނަން އުނދަގޫވާނެ ކަމަށެވެ.
ސަލާހް އެހެން ބުނަމާއެކު ނޫސްތައް ރިޕޯޓްކޮށްފައިވަނީ ސަލާހާއި ލިވަޕޫލާ ދެމެދު ނުތަވަސް ކަމެއް އުޅޭ ކަމަށެވެ. އެގޮތުން ސްޕެއިންގެ ނޫސްތައް ބުނެފައިވަނީ ލިވަޕޫލުން އެފްސީ މިޖީލޭންޑާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުގައި ކެޕްޓަން ބޭންޑް ނުދިނުމުން ވެސް ސަލާހް ހިތްހަމަނުޖެހިފައި ހުރި ކަމަށެވެ.
"ސަލާހް ހުރީ ރަނގަޅު މޫޑެއްގައި. ވަރަށް ރަނގަޅު ފޯމެއްގައި، ވަރަށް ބޮޑަށް ހިތްހަމަ ވެސް ޖެހިގެން ސަލާހް ހުރީ. ތަމްރީނުތަކުގެ ފޮޓޯތައް ހުރިނަމަ ފެންނާނެ ސަލާހް ވަރަށް ގަދަޔަށް ހީ ސަކަރާތް ޖެހި މަންޒަރު ވެސް. އެއްވެސް މައްސަލައެއް ނޫޅޭ. ދެން ލިޔާނެ އެއްޗެއް ލިޔަންވީ،" ކްލޮޕް ނޫސްވެރިންނަށް ބުނެފައިވެ އެވެ.
ލިވަޕޫލުން ރަނގަޅު ފޯމެއްގައި ކުޅެމުންދާއިރު، އެންމެފަހުން އެޓީމު ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅުވީ 7-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބެންޗުން އަރާ ސަލާހް ވަނީ ދެ ގޯލް ޖަހައިފަ އެވެ. މި ސީޒަންގެ މިހާތަނަށް ސަލާހް ވަނީ ޓީމަށް 13 ގޯލް ޖަހައިދީފަ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު