ކޮވިޑްގެ އިމިއުނިޓީ އަށް މަސްދުވަހަށް ދެމިހުންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އޮސްޓްރޭލިއާގެ ދިރާސާ ޓީމަކުން ހެދި ދިރާސާއަކުން ދައްކާގޮތުން ކޮވިޑް ޖެހި ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި ކޮވިޑްގެ އިމިއުނިޓީ އަށް މަސްދުވަހަށް ހުންނަ ކަމަށާއި ވެކްސިން ޖަހައިފިނަމަ އިމިއުނިޓީ ދިގު މުއްދަތަކަށް ދެމިގެންދާނެކަމަށް ވަނީ ދައްކައިފައެވެ.
މެލްބަންގެ މޮނާޝް ޔުނިވާސިޓީގެ ޓީމަކުން ހެދި މި ދިރާސާ ޝާއިއު ކޮށްފައިވާއިރު މީގެ ކުރިން ކޮވިޑްގެ އިމިއުނިޓީއާ މެދު ހޯދިފައި ނުވާ ގިނަ ކަންތައްތަކެއް މި ދިރާސާއިން ހޯދިފައި ވެއެވެ.
ދިރާސާގައި ކޮވިޑް ޖެހިފައިވާ 25 މީހެއްގެ 36 ސާމްޕަލް ނަގައި ތަހުލީލުކޮށްފައި ވެއެެވެ. ދިރާސާއިން ފެނުނު ގޮތުން ބަލި ޖެހޭތާ 20 ދުވަސްފަހުން ވައިރަސްގެ އެންޓިބޮޑީ ރަނގަޅަށް މަސައްކަތް ކުރަން ފަށައެވެ.