މެކްސިކޯ އާއި ޗިލީ ގައި ކޮވިޑް ވެކްސިން ދޭން ފަށައިފިއެވެ.
ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރެއިން މެކްސިކޯ އަކީ ކޮވިޑް ވެކްސިން ޖަހަން ފެށި ފުރަތަމަ ގައުމެވެ. އެގައުމުން ވަނީ ފައިޒާ ވެކްސިންގެ ބޮޑު ސްޓޮކެއް ގެންގޮސް އެ ގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް ބޮޑު ޕްރޮގްރާމެއް ފަށައިފައެވެ. މެކްސިކޯ އިން ފައިޒާގެ 34 މިލިއަން ޑޯޒް ގަނެފައިވެއެވެ.
މެކްސިކޯ ވެފައިވަނީ ކޮވިޑް ޖެހިގެން އެންމެ ގިނަ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ އެއް ގައުމަށެވެ. މިހާތަނަށް 120،000 އަށްވުރެން ގިނަ މީހުން އެގައުމުން ވަނީ މަރުވެފައެވެ.
މެކްސިކޯ އަށްފަހު ކޮވިޑް ވެކްސިން ދޭން ފެށި ދެވަނަ ގައުމަކީ ލެޓިން އެމެރިކާގެ ޗިލީ އެވެ. އެގައުމުން ވެސް ވަނީ ފައިޒާ ވެކްސިން ގެންގޮސް ވެކްސިން ޖެހުމުގެ ބޮޑު ޕްރޮގްރާމެއް އިފްތިތާހުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ