މިއަހަރުގެ މިހާތަނަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 905.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ހަފްތާގެ މާލީ ރިޕޯޓް ދައްކާ ގޮތުން، މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 905.2 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތު އައި އިރު ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ އެވެ.
މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ހިމަނާފައިވަނީ 5.2 ބިލިއަން ރުފިޔާ އެވެ.
ހިލޭ އެހީގެ ގޮތުގައި ލިބުނު އަދަދު އިތުރުވިއިރު، މިއަހަރުގެ މިހާތަނަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 13.6 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް އެއީ މިއަހަރަށް ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ 16.2 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު