ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭތީ، އޭޑީކޭ ހޮސްޕިޓަލުގެ ގޯތި ތެރޭގައި ހުންނަ ފުޑް ކޯނާ ރެސްޓޯރަންޓް ބަންދުކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، އޭޑީކޭ ހޮސްޕިޓަލުގައި ހިންގާ ފުޑް ކޯނާ ރެސްރޯރެންޓް ބަންދުކުރީ މިއަދު ކަމަށެވެ.
އެތަން ބަންކުރީ، ކާބޯތަކެތީގެ ޒަރީއާއިން ކުރިމަތިވެދާނެ ސިއްހީ ނުރައްކަލަކުން ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އަމަލުކުރަމުން އަންނަ، ކާބޯތަކެތީގެ ހިދުމަތް ދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ބަޔާންކުރާ ގަވައިދާ ހިލާފުވުމުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އޭޑީކޭގެ އާ އިމާރާތުގެ ތިރީގައި ހުންނަ ފުޑް ކޯނާ ރެސްޓޯރެންޓަކީ އޭޑީކޭގެ މުވައްޒަފުންގެ އިތުރުން އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުން އާއްމު ގޮތެއްގައި ބޭނުން ކުރާ ރެސްޓޯރެންޓެކެވެ.
މީގެ ކުރިންވެސް އެޗްޕީއޭއިން ވަނީ ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭތީ ބައެއް ރެސްޓޯރެންޓުތަކާއި ކެފޭތައް ބަންދުކޮށްފައެވެ. ހާއްސަކޮށް، ކޮވިޑާ ގުޅިގެން ކުރިއަށްގެންދިޔަ މާސް އިންސްޕެކްޝަންގައި އެފަދަ ގިނަ ތަންތަން ބަންދުކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު