އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޒާތުގެ ތަކެތި ރާއްޖެ އެތެރެކުރުން މަނާކޮށް ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނުގެ 18 ވަނަ މާއްދާއަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލަކީ މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.
މި ބިލާއެކު އިސްލާހުކޮށްފައިވަނީ، އެ ގާނޫނުގެ ހަތް ވަނަ މާއްދާ އެވެ. ހަތް ވަނަ މާއްދާގައި ހިމެނޭ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ ތަކެތީގެ ތެރެއިން އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތަކެތި ރާއްޖެއަށް އެތެރެކުރުން މި ބިލާއެކު މަނާ ކުރެވޭނެ އެވެ. އަދި އެފަދަ ތަކެތީގެ ލިސްޓެއް، އެކި މަރުހަލާ ތަކަކަށް ބައްސަވާލައްވައިގެން، ކަނޑައެޅުއްވުމުގެ އިހްތިޔާރު މި ބިލުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވެ އެވެ.
މި ބިލް ތަސްދީގު ކުރެއްވުމާއެކު އަންނަ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައި ލިސްޓެއް އެކުލަވާލުމާއެކު، ލިސްޓުގައި އެމަނިކުފާނު ހިމަނުއްވާ ތަކެތި ބޭނުންކުރުން މަނާކުރާނެ ތާރީހެއް ކަނޑައަޅާ ބިލުގައި ހިމަނާނެ އެވެ.
މި ބިލު ތަސްދީގުކޮށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް 17 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 12 ވަނަ މާއްދާ އުވުނީކަމުގައި ވެސް އެ ބިލުގައި ކަނޑައަޅާފައިވެ އެވެ. މި ގާނޫނަށް 18 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން މި ގާނޫނު މިއަދުން ފެށިގެން އަމަލު ކުރަން ފަށާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު