ކީރިތި ގުރުއާން ހިތުދަސްކޮށް، އެއް ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް، މި އަހަރުން ފެށިގެން ހާއްސަ މެޑެލެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

އެއްވަނަ ދަރަޖައިގައި މި އަހަރު ފާސްވި ހާފިޒުންނަށް ހާއްސަ މެޑެލް ދެއްވުން އޮންނާނީ، ދައުލަތުން ދެއްވާ އެކި އިނާމުތައް ދެއްވުމަށް މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމިއްޔާތުގައެވެ

އެ ރަސްމިއްޔާތުގައި އެއް ވަނަ ދަރަޖައިގައި ފާސްވެފައިވާ ހަތަރު ހާފިޒުންނަށް މެޑަލް ދެއްވާނެ އެވެ.

ކީރިތި ގުރުއާން ހިތުދަސްކޮށް، ދެ ވަނަ ދަރަޖަ އަދި ތިން ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، މީގެ ފަހުން ދެއްވަމުން ގެންދަވާނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރެއްވުމަށް ބާއްވަވާ ޖަލްސާގައެވެ.