ހުޅުމާލޭ މޫދުން މިދުވަސްވަރު ނުރައްކާތެރި ޖެލީ ފިޝްތަކެއް ފެންނާތީ ސަމާލުވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިލްތިމާސްކޮށްފިއެވެ.
އެޗްޑީސީން ބުނީ، ހުޅުމާލޭގެ މޫދު ސަރަހައްދުން ޖެލީ ފިޝްގެ ދެ ބާވަތް ކަމަށްވާ، ބްލޫ ބަޓަން ޖެލީ ފިޝް އާއި ބޮޓަލް ޖެލީ ފިޝް ގިނަ އަދަދަކަށް ފެންނަ ކަމަށެވެ. އެހެންކަމުން ހުޅުމާލޭގެ މޫދަށް އެރި އުޅުމުގައި ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ސަމާލުވާން އެޗްޑީސީން ވަނީ އިލްތިމާސްކޮށްފިއެވެ.
"މި ހެލީފިޝް ޖެހުމުގެ ސަބަބުން އެލާޖިކްތައްވޭ،" އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭ މޫދުން ގިނަ އަދަދަކަށް ވިހަ ޖެލީފިޝްތައް ފެންނަމުންދާ އިރު، މިދުވަސްވަރު ހުޅުމާލޭގައި އަންނަނީ ރެދަން ލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު