ފޭރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ ފޭރުމުގެ މައްސަލައަކާ ގުޅިގެން ގދ. މަޑަވެލި/ އުދަރެސް، އަހުމަދު އަބާން ވަހީދު (21އ) ހޯދަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާ ހޯދަމުން އަންނަނީ ކޮންއިރަކު ހިންގި ފޭރުމުގެ މައްސަލައަކާ ގުޅިގެން ކަމެއް ނުބުނެ އެވެ.
ފުލުހުން ބުނީ، އަބާންއާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.
ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓަކީ ވައްކަމާއި ފޭރުމާއި، ސްކޭމް ފަދަ ކުށްތައް ތަހުގީގު ކުރާ ޑިޕާޓްމެންޓެެވެ.
ޚަބަރު
ޚަބަރު