ދައުލަތުގެ ކުންފުނިތަކަށް ހިލޭ ދީފައިވާ ރައްޔިތުންގެ ބިންތައް ކުލީގެ އުސޫލުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފިއެވެ.
އެކަަމަށް ގޮވާލައްވައި ބޮންޑޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބޭކާރު ކުންފުނިތަކާއި ފުނިޖެހެމުންދާ ދަރަނިން ގައުމު ސަލާމަތް ކުރުމަށްޓަކައި ސަރުކާރުގެ ބޮޑު ހިއްސާވާ 32 ކުންފުންޏާއި ސަބްސިޑަރީތަކަށް ރައްޔިތުންގެ ބިންތަކާއި ވަސީލަތްތައް ހިލޭ ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ބިންތަކާއި ވަސީލަތްތައް ކުލީގެ އުސޫލުން ރައްޔިތުންގެ ކުދި އަދި މެދު ފަންތި ވިޔަފާރިތަކަށް ލަސްނުކޮށް ދޫކުރާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮންޑޭ މިހެން ވިދާޅުވީ، އެސްޓީއޯގެ ޑިޖިޓަލް ބޭންކުގެ ހިދުމަތް އަންނަ އަހަރުގެ މާޗް މަހު ފެށޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވުމާ ގުޅިގެންނެވެ.
އަމްރު ވިދާޅުވީ، ޑިޖިޓަލް ބޭންކުން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެކައުންޓެއް ހުޅުވޭނެ ކަމަށާއި އެކަންކުރަން އެއްވެސް އޮފީހަކަށް ދާކަށް ނުޖެހޭނެ ކަމަށެވެ. އޭގެ އިތުރުން އެއް މިނެޓް ތެރޭގައި ލޯނެއް ނެގޭއިރު، ކަސްޓަމަރުންނަށް މާލީ ގޮތުން ހާސިލްކުރަން ބޭނުންވާ ކަންކަމަށް މަގުފަހިވާ ގޮތަށް، މުއާމަލާތްތައް ފަސޭހައިން ޓްރެކް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު