އެމެރިކާގައި މޮޑާނާ ވެކްސިން ދިނުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެމެރިކާއިން ވަނީ ފައިޒާ ވެކްސިން ގުދަން ނުކުރެވޭ ސަރަހައްދުތަކަށް މޮޑާނާ ވެކްސިން ފޯރުކޮށްދިނުމަށް ނިންމައިފައެވެ. ފައިޒާ ވެކްސިން ގުދަން ކުރުމަށް 70- ޑިގްރީ ފިނުހޫނު މިން ބޭނުންވާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

އެމެރިކާއިން ވަނީ އެގައުުމުގެ 50 ސްޓޭޓަކަށް މޮޑާނާ ވެކްސިން ފޮނުވުމަށް ނިންމައިފައެވެ.

އެމެރިކާ ރައްޔިތުންނަށް ވެކްސިން ދިނުމަށް މޮޑާނާގެ 5.9 މިލިއަން ވެކްސިން ޑޯޒް ހޯދުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވެއެވެ. އަދި ފައިޒާ ވެކްސިންގެ އިތުރު ދެ މިލިއަން ޑޯޒް ހޯދުމަށް ވަނީ ނިންމައިފައެވެ.

އެމެރިކާގެ އެފްޑީއޭ އިން މޮޑާނާ ވެކްސިން ބޭނުންކުރުމުގެ އިމަޖެންސީ ހުއްދަ ދިނީ މިދިޔަ ހަފުތާގައެވެ.