ލ. އަތޮޅު ލިންކްރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.

މަންޒަރު ދުށް މީހަކު "ވަން" އަށް މައުލޫމާތު ދިން ގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ އެއްކޮޅަށް ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެންނެވެ.

އެ އެކްސިޑެންޓުގައި އަނިޔާވެފައިވާ ދެ މީހުންގެ ތެރެއިން މެދު އުމުރުގެ މީހަކަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށާއި އަނެއް މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެ ދެ މީހުންނަށް ވެސް ފަރުވާ ދިނުމަށް މިހާރު ވަނީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.