ކ. ތިލަފުށި ބަނދަރުގައި އޮތް ދޯންޏެއްގެ ފަލްކާ ތެރެއަށް ވެއްޓުނު މީހަކަށް އަނިޔާވެ، ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ދޯންޏެއްގެ ފަލްކާ ތެރެއަށް ވެއްޓުނު މީހަކަށް އަނިޔާވި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 7:08 ހާއިރު ކަމަށެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި އަނިޔާވެފައިވަނީ ތިލަފުށި ބަނދަރުގައި އޮތް "ދިރުން" ނަމަކަށް ކިޔާ ދޯނީގައި މަސައްކަތްކުރާ 40 އަހަރުގެ ދިވެހި ފަޅުވެރިޔަކަށެވެ.
އެ ދޯނީގެ ފަލްކާ ތެރެއަށް ވެއްޓި އަނިޔާވި މީހާ ސިއްހީ އަވަސް ފަރުވާއަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރޮންގެ އެހީތެރިކަމާއެކު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު