އިންޑިއާގައި އަންނަ މަހު ކޮވިޑް ވެކްސިން ދޭން ފަށަން ނިންމައިފިއެވެ.

އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާ އެންމެ ބޮޑު ފިޔަވަޅު ކަމަށްވާ އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މިހާތަނަށް އިންޑިއާގައި ދެ ވެކްސިނެއް ބޭނުންކުރުމުގެ ހުއްދައަކަށް އެދިފައެވެ. އިންޑިއާގެ އޮފިޝަލުން ވަނީ އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ވެކްސިނަށް ހުއްދަ ދިނުމާ މެދު އަންނަ ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައެވެ.

އިންޑިއާގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާ އިރު، އެގައުމުން ވަނީ ވެކްސިން ދިނުމަށް ހާއްސަ ޕްރޮގްރާމެއް ފަށައި އެގައުމުގެ 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް އަމާޒު ހިފައިފައެވެ.

އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 10 މިލިއަނަށް އަރާފައިވާ އިރު، އެގައުމުން ވަނީ 144،000 މީހުން ބަލި ޖެހިގެން މަރުވެފައެވެ.