އެމެރިކާގެ ނައިބު ރައީސް ލައިވް ޓީވީ ކުރިމަތީ ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އެގައުމުގައި ކުރިޔަށްދާ ވެކްސިން ޕްރޮގްރާމްގެ ދަށުން ކޮވިޑް ވެކްސިން ފައިޒާ ޖައްސަވާފައިވަނީ ވައިޓް ހައުސްގައި ބޭއްވި ހާއްސަ އިވެންޓެއްގައެވެ.
ޕެންސް ވަނީ ވެކްސިން ޖެހިނަމަވެސް އެއްވެސް ތަފާތު ކަމެއް ފާހަގަވެފައި ނުވާކަމަށް ވިދާޅުވެފައެވެ. ޕެންސް ވެކްސިން ޖެއްސެވި މަންޒަރު ވަނީ ލައިވްކޮށް ޓީވީން ދައްކާފައެވެ.
މިދިޔަ ހަފްތާގައި އެމެރިކާގައި ފައިޒާ ވެކްސިން ދޭން ފަށާފައިވާއިރު އެގައުމުގެ ރައްޔިތުން ވެކްސިން އަށް އަހުލުވެރިކުރުވުމަށް ވައިޓްހައުސްއިން ބޭއްވި ހާއްސަ އިވެންޓުގައި އެގައުމުގެ ސަރުކާރުގެ އިސް ގިނަ އޮފިޝަލުނަތްކެއް ވަނީ ވެކްސިން ޖައްސަވައިފައެވެ.
އެމެރިކާގެ 50 ސްޓޭޓަކަށް ފައިޒާގެ ތިން މިލިއަން ވެކްސިން ވަނީ ފޮނުވައި ރައްޔިތުންނަށް ދޭން ވަނީ ފަށާފައެވެ. އެމެރިކާ ވެފައިވަނީ މުޅި ދުނިޔެއިންވެސް ކޮވިިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމު ކަމުގައެވެ. އެމެރިކާއިން މިހާތަނަށް 17 މިލިއަނަށްވުރެ ގިނަ ކޮވިޑް ކޭސްފެނިފައިވާކަމަށް ރެކޯޑް ކޮށްފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ