ކ. މާފުށީގައި ބެހެއްޓި ކްރިސްމަސް ގަހެއް ފުލުހުން ނަގައިފިއެވެ.
ފުލުހުން ބުނީ ރޭ 8:30 ހާއިރު އެރަށުގައި ހުންނަ ކާނި ބީޗް ގެސްޓްހައުސް ބޭރުގައި ކްރިސްމަސް ގަހެއް ބަހައްޓަފައިވާ މައްސަލައެއް ހުށަހެޅި ކަމަށެވެ. އެކަމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ފުށުއަރާ ކަމަކަށްވާތީ ގަސް ނެގުމަށް ފުލުހުން މެދުވެރިވެގެން މަޝްވަރާ ކުރި ކަމަށެވެ.
ނަމަވެސް އެ މަޝްވަރާތައް ކާމިޔާބު ވެފައިނުވާތީ، ކޯޓް އަމުރެއްގެ ދަށުން އެ ގަސް ފުލުހުންގެ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނުގައި ދީނީ ކަންކަމަށް ފުށޫ އަރާ ކަންތައްތައް ނުކުރެވޭނެ ކަމަށް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. ހާއްސަކޮށް ކްރިސްމަސް ފަދަ ހަރަކާތްތައް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކުރިއަށް ގެންދިއުމަކީ ގާނޫނު މަނާ ކަމެކެވެ. ނަމަވެސް އެފަދަ ކަންކަމަށް ހިތްވަރު ލިބޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަތައް ދައްކަމުންދެ އެވެ.
އާ އަހަރާއި ކްރިސްމަސް ފަދަ ޗުއްޓީތަކާ ދިމާކޮށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާއިރު އެދުވަސްތައް ރިސޯޓްތަކުގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު