އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 17 މިލިއަނަށް އަރައިފި އެވެ.

ދުނިޔޭގެ ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމު، އެމެރިކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 17 މިލިއަނަށް އަރާފައިވާއިރު ކޮވިޑް ވެކްސިން ފައިޒާއަށް ހުއްދަދީ، އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދޭން ވަނީ ފަށައިފަ އެވެ. އަދި އެގައުމުގެ ރައްޔިތުން މިހާރު އެންމެ އިންތިޒާރު ކުރަމުންދަނީ އެފްޑީއޭ އިން ދެވަނަ ވެކްސިނަކަށް ހުއްދަ ދޭނެ ދުވަހަކަށެވެ.

އެމެރިކާގައި ވެކްސިން ދޭން ފަށާފައިވީ ނަމަވެސް އެގައުމުގެ ކޭސްތައް އިތުރުވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންނާއި ބަލީގައި މަރުވަމުންދާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.

ކޮވިޑް ޖެހިގެން އެމެރިކާއިން މިހާތަނަށް ތިންލައްކަ އަށް ވުރެން ގިނަ މީހުން މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކަ އެވެ.