އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބޭނަމަ، ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނުެފިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލީޝަނުން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި، ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ކޮވިޑް 19 ގެ ނަމުގައި އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅައި، ރަސްމީ ދަތުރުތަކުގެ ނަމުގައި ސަރުކާރުގެ ފަރާތުން ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރަމުން ދާ ކަމަށެވެ.
އޭނާ ވިދާޅުވީ، ކޮވިޑް 19 ސަބަބަކަށް ދައްކައިގެން އެޗްޕިއޭއިން އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން މާލެ އާއި އަތޮޅު ތެރޭގައިވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނެތް ކަމަށެވެ. އެގޮތަށް ކަންތައްދާއިރު ކައުންސިލް އިިންތިހާބަކީ ދެފުށް ފެންނަ އިންތިހާބަކަށް ވާނެކަމަށް ނުބެލެވޭކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު އެޗްޕީއޭ ފެނިގެން ދަނީ، ސަރުކާރު ނަގަހައްޓައި ދަމަހައްޓައި އަދި ސަރުކާރު ވެއްޓުނަ ނުދީ ހިފަހައްޓާ މުޑިއެއްގެ ގޮތުގައި ކަމަށެވެ.
ހީނާ ވިދާޅުވީ އެ ގޮންޖެހުންތަކާއެކުވެސް، ފުވައްމުލަކުގައި އިދިކޮޅުން މިރޭ ޖަލްސާއެއް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ ޖަލްސާގައި ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް ފުވައްމުލަކަށް ދަތުރުކުރުމަށް އެޗްޕީއޭގައި އެދުމުން އެކަމަށް އަދިވެސް ހުއްދަ ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ، އެޗްޕީއޭއަށް ފޮނުވާ ސިޓީތަކަށް ޖަވާބު ނުދިނުމުގެ އިތުރުން ގުޅާއިރު ފޯނުވެސް ނުނަގާ ކަމަށެވެ.
ހީނާ ވިދާޅުވީ މީގެ ކުރިން ހއ. ހޯރަފުށި އަދި ލ. އަތޮޅުގައި ސަރުކާރުން ބޭއްވި އިވެންޓްތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސްގެ އިތުރުން ވަޒީރުންނާއި ކުންފުނިތަކުގެ އިސް މީހުންނަށް ދަތުރުކުރުމުގެ ހުއްދަ ވަރަށް ފަސޭހައިން ދީފައިވާ ކަމަށެވެ.
ނަަމަވެސް "އިދިކޮޅު ބޭފުޅުން ދަތުރު ކުރީމަތޯ ރާއްޖޭގެ ރަށްތަކަށް ކޮވިޑް ފެތުރިގެން ދަނީ، ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ކުންފުނިތަކުގެ ބޭފުޅުންނަކީ ކޮވިޑް ފްރީ ބޭފުޅުންތޯ،" ހީނާ ސުވާލު ކުރެއްވިއެވެ.
ސިޔާސީ
ސިޔާސީ
ސިޔާސީ
ސިޔާސީ