ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕެނެލްޓީ ނާކާމިޔާބު ވެ، ޔުވެންޓަސްއިން އެޓަލަންޓާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
މިހާތަނަށް ސެރެއަ އޭގައި ކުޅުނު 12 މެޗުން ޔުވެންޓަސް ވަނީ ހަ މެޗުން ވަނީ އެއްވަރު ވެފައެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި 1-1 އިން އެއްވަރުވެ ޔުވެންޓަސް އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އެޓީމަށް 12 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 12 މެޗުން 28 ޕޮއިންޓް ލިބިފައެވެ.
އެންމެފަހުން ޗެމްޕިއަން ޔުވެންޓަސްއިން ވަނީ 30 ވަރަކަށް މިނެޓް ތެރޭގައި ލީޑު ނަގައިފައެވެ. ފެޑެރީކޯ ޗިއޭސާގެ ހިތްގައިމު ގޯލާއެކު ޔުވެންޓަސްއިން ލީޑު ނެގިއިރު، އެއީ އޭނާ ޔުވެންޓަސް ޖާޒީގައި ޖެހި ފުރަތަމަ ގޯލެވެ. ޔުވެންޓަސްއިން ލީޑާއެކު ފުރަތަމަ ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ އެޓަލަންޓާ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. 25 ޔާޑް ބޭރުން ރެމޯ ފްރެއިލާ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ މަތީ ދަނޑީގައިވެސް ޖެހިފައެވެ.
ޔުވެންޓަސް މެޗުން މޮޅުކޮށްދިނުމަށް ރޮނާލްޑޯއަށް ފަހި ފުރުސަތެއް ލިބުނެވެ. ޗިއޭސާއަށް ގޯލްކީޕަރު ޕިއެރްލުއީޖީ ގޮލިނީ އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނެލްޓީ ރޮނާލްޑޯ ޖެހި ނަމަވެސް، ކީޕަރު ވަނީ ރަނގަޅު ފަޅިއަށް ޑައިވް ކޮށް ރޮނާލްޑޯގެ ޕެނެލްޓީ އަތުލައިފައެވެ.
މިދިޔަ ނުވަ އަހަރުވެސް ސެރެއާ އޭގެ ޗެމްޕިއަންކަން ހޯދި ޔުވެންޓަސްއިން ލީގުގައި ބައްޔެއް ނުވެ އޮތް ނަމަވެސް، އޭގެ ތެރެއިން ހަ މެޗަކީ އެއްވަރުވެގެން ނިމުނު ހަމެޗެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު