ޅ. މާފިލާފުށީގައި ގާއިމް ކޮށްފައިވާ، ދިވެހި ސިފައިންގެ ތަމްރީން މަރުކަޒުގައި ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ އެހީއާއެކު ހަދާ އެގްޒެކެޓިވް ބްލޮކްގެ ބިންގާ އަޅައިފި އެވެ.
މާފިލާފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އުއްޗު އެވެ.
އެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވަނީ ސިފައިންގެ އެކިއެކި ކަންކަމަށް ޗަމްޕާ މުހައްމަދު މޫސާ، ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެންމެހާ ސިފައިންގެ ނަމުގައި އޭނާއަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އޭގެ އިތުރުން ސިފައިންގެ އުމްރާނީ ތަރައްގީއަށް އަދި ސިފައިންގެ ވެލްފެއާ ކަންކަމަށް އަމިއްލަ ފަރާތްތަކުން ވެދޭ ދީލަތި އެހީތެރިކަން ފާހަގަކޮށް، އެ ފަރާތްތަކަށް ވެސް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޝުކުރު އަދާކުރެއްވި އެވެ.
ހަ ކޮޓަރި ހިމެނޭ ގޮތަށް ހަދާ އެގްޒެކެޓިވް ބްލޮކް އިމާރާތުގެ ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ނިންމާފައިވަނީ އުއްޗުގެ ހަރަދުގަ އެވެ. ނަމަވެސް އެތަނަށް ހަރަދުކުރާ ވަރެއް އެމްއެންޑީއެފް އަކުން ހާމައެއް ނުކުރެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު