މޮޑާނާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުވެ އެމެރިކާގައި ބޭނުންކުރުމުގެ ހުއްދަދިނުމުގެ މަސައްކަތް ފަށައިފިއެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ކުރިޔަށްގެންދިޔަ ތަހުލީލުތަކުން ވަނީ މޮޑާނާ ވެކްސިންގެ މަސައްކަތް 94 އިންސައްތަ ރަނގަޅު ކަމަށް ފެނިފައެވެ.
އެމެރިކާގައި ވަނީ އެފްޑީއޭގެ ހާއްސަ ހުއްދައަކާއެކު ފައިޒާ ވެކްސިން އެގައުމުގެ ރައްޔަތުންނަށް ޖެހުމުގެ މަސައްކަތް ވެސް ފަށައިފައެވެ.
އެމެރިކާގައި ކޮވިޑް ޖެހި ތިންލައްކައަށް ވުރެން ގިނަ މީހުން މަރުވެފައިވާކަމަށް ރެކޯޑް ކޮށްފައިވާއިރު އެގައުމުން ގެންދަނީ ކޮވިޑުން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެފްޑީއޭގެ ސައިންޓިސްޓުން މޮޑާނާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާއިރު އެގައުމުގެ ވެކްސިން ޕެނަލް އިން މޮޑާނާ ވެކްސިން އަށް ހުއްދަ ދިނުމާ ގުޅޭގޮތުން މާދަމާ މަޝްވަރާ ކުރުމަށް ވަނީ ނިންމައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ