އިންޑިއާގެ ކޮވިޑް ކޭސްތައް 9.88 މިލިއަނަށް އަރައިފިއެވެ.

އިންޑިއާއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަމުންދާއިރު އެގައުމުން ވަނީ އިއްޔެ އެކަނިވެސް 27،071 ކޭސް ފެނި ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 9،884،100 އަށް އަރައިފައެވެ.

އިންޑިއާއިން އިއްޔެ 336 މީހުން ބަލިޖެހިގެން މަރުވެފައިވާ އިރު އެގައުމުން ވަނީ މަރުވި މީހުންގެ ޖުމްލަ އަދަދުވެސް ވަނީ 143،355 އަށް އަރައިފައެވެ.

އިންޑިއާގައި ބަލިން ރަނގަޅުވި މީހުންގެ އަދަދު 93،88،159 ގައި ހުރިއިރު އެގައުމުން އިންތިޒާރުކުރަމުން އަންނަނީ ކޮވިޑް ވެކްސިން ފަށާނެ ދުވަހަކަށެވެ.

އިންޑިއާ ސަރުކާރުން ވަނީ ކޮވިޑް ކޮންޓްރޯޯލް ކުރުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިވެސް ދީފައެވެ. އެގޮތުން އެގައުމުގެ ބައެއް ސަރަހައްދުތަކުގެ އެތެރޭގެ އުދުހުންތަކަށް ވެސް ވަނީ ހުއްދަދީފައެވެ.