އީރާނަށް އަލުން އަސްކަރީ ހަމަލާއެއް ދިނުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ފަހަރެއްގައި މާދަމާ ވެސް އެފަދަ ހަމަލާއެއް ދީފާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޕާމް ބީޗް ކައުންޓީގެ އިންތިހާބީ އޮފީހުގައި މެދު ދައުރުގެ އިންތިހާބުގައި ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް މިހެން ވިދާޅުވީ، އީރާނަށް އަލުން ހަމަލާދިނުމުގެ ފުރުސަތާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެފަދަ ކަމެއް ކުރައްވާނެކަން ނޫސްވެރިން ގާތު ވިދާޅުވާނެ ކަމަށް ހީކުރައްވަންތޯ ސުވާލުކުރައްވާ ކަމަށާއި، ފަހަރެއްގައި މާދަމާ ވެސް ހަމަލާދިނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ހަމައެއާއެކު، ތެހެރާނާއެކު ބޮޑު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމާ ގުޅޭ އެއްބަސްވުމަކަށް އައުމަށް އީރާނުން ޝައުގުވެރިވާ ކަމަށާއި، ނަމަވެސް އެފަދަ އެއްބަސްވުމެއްގެ ޝަރުތުތަކަށް އެ ގައުމުން ފުރިހަމައަށް އަމަލުކޮށްފާނެކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، އެމެރިކާއިން އަޅާފައިވާ ކަނޑުގެ ހުރަސްތައް އުވާލުމުގެ ބަދަލުގައި ހޮރުމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ހުށަހެޅި ކަމަށް ބުނާ ރިޕޯޓުތައް އީރާނުން ވަނީ ދޮގުކޮށްފައެވެ. އީރާނުގެ އިންގިލާބީ ގާޑުންނާ ގުޅުންހުރި ތަސްނީމް ނިއުސް އެޖެންސީން މަސްދަރުތަކާ ހަވާލާދީ ބުނި ގޮތުގައި، ޕާކިސްތާނު މެދުވެރިކޮށް ވޮޝިންޓަނަށް އެފަދަ އެއްވެސް އާ ހުށަހެޅުމެއް ތެހެރާނުން ހުށަހަޅާފައެއް ނުވެއެވެ. އަދި ޕާކިސްތާނު މެދުވެރިވެގެން އެފަދަ ހުށަހެޅުމެއް ފޮނުވި ކަމަށް ބުނެ ސައޫދީ އަރަބިއްޔާގެ މީޑިއާއަކުން ފެތުރި ވާހަކަތަކަކީ ހަދާފައިވާ ދޮގު ވާހަކަތަކެއް ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް