ކުރީގެ ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރާއި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ މަންމަ، ފާތިމަތު ހުސައިން އަވަހާރަވެއްޖެ އެވެ.
އޭނާގެ ދަރިކަނބަލުން އާޒިމާ ވިދާޅުވީ، މަންމަ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އަދި ނިޔާވި އިރު އުމުރަކީ 77 އަހަރު ކަމަށް ވިދާޅުވި އެވެ.
ފާތިމަތު ހުސެއިންގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.
ފާތިމަތު ހުސައިން އަކީ އާތިފާ އާއި އާޒިމާގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އަދި އިގްތިސޯދީ ތަޖުރިބާކާރެއް ކަމަށްވާ އިބްރާހިމް އާތިފް ޝަކޫރާއި އާލިމް ޝަކޫރު ވެސް މަންމައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު