އެމެރިކާގެ އާންމުންނަށް ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.
އެމެރިކާގެ ސިއްހީ އޮފިޝަލުން ވަނީ އެގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައުވުމާއެކު މާދަމާ އެގައުމުގެ އެކި ސަރަހައްދުތަކުގައި ވެކްސިން ދިނުމުގެ މަސައްކަތް ފެށޭނެ ކަމަށް ބުނެފައެވެ.
މިހާތަނަށް ތިން މިިލިއަން ވެކްސިން އެގައުމުގެ އެކި ސަރަހައްދުތަކުގެ ވެކްސިން ސެންޓަރުތަކަށް ފޮނުވާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އެމެރިކާގެ އެކި ސަރަހައްދުތަކުގެ 145 ސައިޓުތަކަށް ވެކްސިން ފޯރުކޮށްދެމުންދާ އިރު، އެގައުމުގެ އިތުރު 425 ސައިޓަކަށް އަންގާރަ ދުވަހު ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.
95 އިންސައްތަ ރަނގަޅު ނަތީޖާއެއް ދައްކާފައިވާ ފައިޒާ ވެކްސިންގެ އިތުރު ޓެސްޓުތަކެއް ހެދުމަށްފަހު އެމެރިކާގެ އެފްޑީއޭ އިން ވަނީ ރައްކާތެރިކަން ކަނޑައަޅައި ފައިޒާ ވެކްސިން އެގައުމުގައި ބޭނުންކުރުމުގެ އިމަޖެންސީ ހުއްދަ ދީފައެވެ.
އެމެރިކާގެ ކޮވިޑް ހާލަތު ގޯސްވެފައިވާ އިރު، އެގައުމުން އިއްޔެ އެކަނިވެސް 3309 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވެއެވެ. މިއީ މިހާތަނަށް އެއް ގައުމަކުން އެއްދުވަސްތެރޭ މިހާ ގިނަ މީހުން މަރުވިކަމަށް ރެކޯޑް ކޮށްފައިވާ ފުރަތަމަ ފަހަރެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ