އެމެރިކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 16 މިލިއަނަށް އަރައިފިއެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ އެމެރިކާއިން ކޭސްތައް ކޮންޓްރޯލް ވެފައި ނުވާއިރު އެގައުމުގައި މި ބަލީގައި މަރުވި މީހުންގެ އަދަދު ވެސް ވަނީ ތިން ލައްކައާ ގާތްވެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރު އެގައުމުން 281،000 އަށްވުރެ ގިނަ ކޭސް ފެނިފައިވާއިރު ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 2951 މީހުން ބަލި ޖެހި މަރުވެފައިވާކަމަށް ރެކޯޑް ކުރެވިިފައި ވެއެވެ.

އެމެރިކާއިން ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ އެންމެ ބޮޑު ވިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާއިރު އެގައުމުން ވަނީ ކޮވިޑް ވެކްސިން އަށް ހުއްދަދީ ވެކްސިން ދިނުމުގެ މަސައްކަތް ވެސް ފަށައިފައެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ވަނީ ކޮވިޑް ވެކްސިން، ފައިޒާ ބޭނުންކުރުމުގެ އިމަޖެންސީ ހުއްދަ ދީފައެވެ. އެގައުމުން ވަނީ އެންމެ ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކަމަށް ކަނޑައަޅައިފައެވެ.