އެމެރިކާގައި ފައިޒާ ވެކްސިން ބޭނުންކުރުމުގެ އިމަޖެންސީ ހުއްދަ ދީފިއެވެ.

ބަޔޯއެންޓެކް އާއި ފައިޒާ ގުޅިގެން ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ ވެކްސިން ފައިޒާ ބޭނުން ކުރުމުގެ އިމަޖެންސީ ހުއްދަ ދީފައިވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިންނެވެ.

އެފްޑީއޭއިން ވަނީ ފައިޒާ ވެކްސިން އިން ރައްކާތެރި އަދި ނަތީޖާ ރަނގަޅުކަމަށް ފެންނަކަމަށް ނިންމައިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެގައުމުން ވެކްސިން އަށް ހުއްދަ ދިނުމަކީ ސިއްހީ ގޮތުން ހޯދި ބޮޑު ކާމިޔާބީއެއްކަމަށް ވިދާޅުވެފައެވެ.

ޓްރަމްޕް ވަނީ އެގައުމުގައި ވެކްސިން ބޭނުންކުރުމަށް ކުރިޔަށް އޮތް 24 ގަޑިއިރުތެރޭ ފަށާނެ ކަމަށް ވިދާޅުވެފައެވެ.