އެމެރިކާގައި ފައިޒާ ވެކްސިން ބޭނުންކުރުމުގެ އިމަޖެންސީ ހުއްދަދީފިއެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑެމިނިސްޓްރޭޝަން (އެފްޑީއޭ)ގެ ހާއްސަ މާހިރުން ހިމެނޭ ކޮމިޓީން ވަނީ ފައިޒާ ވެކްސިން އެގައުމުގައި ބޭނުން ކުރުމަށް ފެންނަ ކަމަށް ނިންމައިފައެވެ.
ވެކްިސން އެންޑް ރިލޭޓެޑް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސް އެޑްވައިޒަރީ ކޮމިޓީ އިން ބޭއްވި ބައްދަލުވުމުގައި ހުއްދަ ދިނުމަށް ވޯޓް ދީފައިވަނީ ކޮމިޓީގެ 17 މެންބަރުންނެވެ. ހުއްދަދިނުމާ ދެކޮޅަށް ހަތަރު މެންބަރުން ވޯޓް ދީފައި ވެއެވެ.
އެމެރިކާގެ އެފްޑީއޭއިން ފައިޒާ ވެކްސިން އަށް އިމަޖެންސީ ހުއްދަ ދީފައިވާއިރު ދާއިމީ ހުއްދައަކަށް ފައިޒާއިން ޖެހޭނީ އަލުން ހުށަހަޅާށެވެ.
ވެކްސިން އަށް ހުއްދަ ދޭ ކޮމިޓީ އިން ވަނީ މިމަހުގެ 17 ވަނަ ދުވަހު މެޑޯނާ ވެކްސިން އާ މެދު ގޮތެއް ނިންމުމަށް ބައްދަލުވުމަށްވެސް ނިންމައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ