މާލެ މަސް މާރުކޭޓު ކައިރިން މޫދަށް ޕިކަޕެއް ވެއްޓިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބޮޑުތަކުރުފާނު މަގު މާރުކޭޓު ކުރިމަތިން ފަޅުތެރެޔަށް ޕިކަޕެއް ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިރޭ 6:42 ހާއިރު ލިބިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި ޕިކަޕް މޫދަށް ވެއްޓިފައި ވަނީ ފަހަތަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. މިހާރު ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މި ހާދީސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު