ސައުދީ އަރަބިއްޔާއިން ފައިޒާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފިއެވެ.
ސައުދީގެ ސިއްހީ ވުޒާރާއިން ވަނީ ބަޔޯއެންޓެކާއި ފައިޒާއާ ގުޅިގެން އުފައްދާފައިވާ ކޮވިޑް ވެކްސިން ފައިޒާ އެގައުމަށް އެތެރެކުރުމާ ބޭނުންކުރުމަށް ހުއްދަ ދީފައެވެ.
ފައިޒާ ވެކްސިންގެ ހުއްދައަށް އެދި އެގައުމުގެ ސިއްހީ ވުޒާރާއަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. ސައުދީގެ ފުޑް އެންޑް ޑްރަގް އެޖެންސީން މިހާރު ވަނީ ފައިޒާ ވެކްސިން ރަޖިސްޓާ ވެސް ކޮށްދީފައެވެ.
ފައިޒާ ވެކްސިނަށް ހުއްދަ ދިނުމުގެ ކުރިން ސައުދީން ވަނީ ގިނަ މަރުހަލާތަކެއް ކަނޑައްތު ކޮށްފައެވެ. އެގައުމުން ވަނީ ފައިޒާއިން ހުށަހަޅާފައިވާ ފައިލްތައް ރިވިއުކުރުމުގެ އިތުރުން ޑޭޓާތައް އަލުން އިވެލުއޭޓްވެސް ކޮށްފައި ކަމަށް ސިއްހީ ވުޒާރާގެ އޮފިޝަލުން ބުނެއެވެ.
ސައުދީން ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ފައިޒާ ވެކްސިން އެގައުމަށް ގެންނަ ކޮންމެ ޝިޕްމަންޓެއްގެ ސާމްޕަލް ނަގައި އިވެލުއޭޓް ކުރަން ނިންމައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ