އިންޑިއާގެ ސެރަމް އިންސްޓިޓިއުޓް އަދި ބާރަތު ބަޔޯޓެކް ވެކްސިނަށް ހުއްދަ ލިބޭގޮތެއް ނުވިއެވެ.
އިންޑިއާއިން ވެކްސިނަށް ހުއްދަދިނުމަށް ކަނޑައަޅާފައިވާ ސިއްހީ މާހިރުންގެ ހާއްސަ ކޮމިޓީން ވަނީ ސެރަމް އިންސްޓިޓިއުޓް އަދި ބާރަތު ބަޔޯޓެކް ވެކްސިނަށް ހުއްދަ ނުދިނުމަށް އެދިފައެވެ.
ކޮމިޓީން ވަނީ ވެކްސިން ހުއްދަ ދިނުމަށް ގިނަ މަސައްކަތްތަކަކާއި ހޯދުންތަކެއް ބަލަން ޖެހޭ ކަމަށް ބުނެ، ސެރަމް އިންސްޓިޓިއުޓް އަދި ބާރަތު ބަޔޯޓެކުން އިތުރަށް ޑޭޓާތަކެއް ހުށަހެޅުމަށް ފުރުސަތު ދީފައެވެ.
މިއަދުގެ ބައްދަލުވުމުގައި އިންޑިއާގެ ވެކްސިން ކޮމިޓީން ވަނީ ފައިޒާގެ ވެކްސިންގެ މަޝްވަރާކުރުމަށް ނިންމައިފައެވެ. ނަމަވެސް އެމެރިކާއިން އަންނަ އެކްސްޕާޓުންގެ ޓީމުން ހާޒިރު ނުވުމުން ވަނީ ބައްދަލުވުން އެހެން ދުވަހަކަށް ފަސްކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ